പ്രവര്‍ത്തനസമയം (0.02107 നിമിഷങ്ങള്‍)
#571

-ന്റെ വിശദീകരണം ( Al-Mumtahina 1 ) ഉള്ളില്‍ Divehi എന്ന് Divehi - dv

[ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި جهاد ކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ عدوّ ންނަށް رحمة ތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ. ] - -ന്റെ വിശദീകരണം ( Al-Mumtahina 1 )

[ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُمْ مِنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ أَنْ تُؤْمِنُوا بِاللَّهِ رَبِّكُمْ إِنْ كُنْتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي تُسِرُّونَ إِلَيْهِمْ بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنْتُمْ وَمَنْ يَفْعَلْهُ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ ] - الممتحنة 1


പരിഭാഷയെ സംബന്ധിച്ച് ആയത്ത് | 5151 രചയിതാവ് | Divehi ഭാഷ | Divehi
#572

-ന്റെ വിശദീകരണം ( Al-Baqarah 85 ) ഉള്ളില്‍ Divehi എന്ന് Divehi - dv

[ ދެން ހަމަ ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް މަރައި، އަދި ތިޔަބައިމީހުންގެ ބަޔަކު، އެއުރެންގެ ގޯތިގެދޮރުން ނެރެލައި ތިޔަހަދަނީއެވެ. އެއީ، ފާފަވެރިކަމާއި عداوة ތެރިކަމުގެ ގޮތުން އެއުރެންގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ، އެހީތެރިވާ حال ގައެވެ. އަދި އެއުރެންގެ ތެރެއިން ހައްޔަރުވެވޭ މީހުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިޔަބައިމީހުން އެއުރެންގެ فدية ދީ، އެއުރެން ސަލާމަތްކުރެތެވެ. އަދި (އެއުރެންގެ ގޯތިގެދޮރުން) އެއުރެން ނެރެލުމީ، ތިޔަބައިމީހުންގެ މައްޗަށް حرام ވެގެންވާ ކަމެކެވެ. ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. ] - -ന്റെ വിശദീകരണം ( Al-Baqarah 85 )

[ ثُمَّ أَنْتُمْ هَؤُلَاءِ تَقْتُلُونَ أَنْفُسَكُمْ وَتُخْرِجُونَ فَرِيقًا مِنْكُمْ مِنْ دِيَارِهِمْ تَظَاهَرُونَ عَلَيْهِمْ بِالْإِثْمِ وَالْعُدْوَانِ وَإِنْ يَأْتُوكُمْ أُسَارَى تُفَادُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ] - البقرة 85


പരിഭാഷയെ സംബന്ധിച്ച് ആയത്ത് | 92 രചയിതാവ് | Divehi ഭാഷ | Divehi